French Republic République française ފަންވަތް:Fr icon
|
||||||
---|---|---|---|---|---|---|
|
||||||
Motto: Liberté, Égalité, Fraternité (Liberty, Equality, Fraternity) |
||||||
Anthem: La Marseillaise | ||||||
Location of Metropolitan France (dark green) – in Europe (light green & dark grey) |
||||||
Territory of the French Republic in the world |
||||||
Capital and largest city | Paris 48°51.4′N 2°21.05′E / 48.8567°N 2.35083°E | |||||
Official languages | French | |||||
Demonym | French | |||||
Government | Unitary semi-presidential republic | |||||
- | President | Nicolas Sarkozy (UMP) | ||||
- | Prime Minister | François Fillon (UMP) | ||||
Legislature | Parliament | |||||
- | Upper house | Senate | ||||
- | Lower house | National Assembly | ||||
Formation | ||||||
- | French State | 843 (Treaty of Verdun) | ||||
- | Current constitution | 1958 (5th Republic) | ||||
Area | ||||||
- | Total | 674,843 km2 (43rd) 260,558 sq mi |
||||
- | Metropolitan France | |||||
- IGN | 551,695 km2 (47th) 213,010 sq mi |
|||||
- Cadastre | 543,965 km2 (47th) 210,026 sq mi |
|||||
Population | ||||||
(January 1, 2009 estimate) | ||||||
- | Total | 65,073,482 (19th) | ||||
- | Metropolitan France | 62,448,977 (22nd) | ||||
- | Density | 115/km2 (89th) 297/sq mi |
||||
GDP (PPP) | 2008 estimate | |||||
- | Total | $2.130 trillion (8th) | ||||
- | Per capita | $34,205 (18) | ||||
GDP (nominal) | 2009 estimate | |||||
- | Total | $2.867 trillion (5th) | ||||
- | Per capita | $46,037 (16) | ||||
Gini (2002) | 26.7 low |
|||||
HDI (2007) | 0.961 Error: Invalid HDI value · 8th |
|||||
ކަރަންސީ | Euro, CFP Franc (EUR, XPF) |
|||||
Time zone | CET (UTC+1) | |||||
- | Summer (DST) | CEST (UTC+2) | ||||
ޑްރައިވްސް | right | |||||
Calling code | +331 | |||||
އިންޓަރނެޓް ޓީއެލްޑީ | .fr | |||||
1. | The overseas regions and collectivities form part of the French telephone numbering plan, but have their own country calling codes: Guadeloupe +590; Martinique +596; French Guiana +594, Réunion and Mayotte +262; Saint Pierre et Miquelon +508. The overseas territories are not part of the French telephone numbering plan; their country calling codes are: New Caledonia +687, French Polynesia +689; Wallis and Futuna +681 |
ފްރެންޗް ރިޕަބްލިކް ނުވަތަ ފްރާންސަކީ ހުޅަނގު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ. މީގެ އިތުރުން ފަރަންސޭސީންގެ ދަށުގައި އޮންނަ އޯވަސީސް އައިލެންޑްސްތަކާއި ޓެރިޓަރީތައް އެހެން ބައްރުތަކުގައި ވެސް އެބަހުއްޓެވެ. ފަރަންސޭސިވިލާތަކީ ދުނިޔޭގެ އެންމެ ގިނަ ފަތުރުވެރިން ކޮންމެ އަހަރަކު ވެސް ޒިޔާރަތްކުރާ ޤައުުމެވެ. މި ގޮތުން ކޮންމެ އަހަރަކު ވެސް އެ ޤައުމަށް 82 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރާ ކަމުގައިވެއެވެ.
ފަރަންސޭސިވިލާތުގެ ރަސްމީ ބަހަކީ ފަރަންސޭސި ބަހެވެ. އެންމެ ބޮޑު ޝަހަރަކީ ޕެރިހެވެ. ވެރިކަން ކުރަނީ ވެސް ޕެރިހުގައެވެ. މި ޤައުމަކީ ޔުނިޓަރީ ސެމީ ޕްރެޒިޑެންޝަލް ރިޕަބްލިކެކެވެ. އާބާދީއަކީ 65 މިލިއަނެވެ. ބިމުގެ ބޮޑުމިނަކީ 0.67 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ fr. އެވެ. ކޯލިން ކޯޑަކީ +33 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ފަރަންސޭސިވިލާތަށް އިނގިރޭސީން ކިޔާނަން ކަމުގައިވާ ފްރާންސް މިނަމަކީ ލެޓިން ބަހުން އައިސްފައިވާ ނަމެކެވެ. ލެޓިން ބަހުން ކިޔަނީ ފްރާސިއާއެވެ. މީގެ މާނައަކީ “ފްރޭންކުންގެ ބިން” އެވެ. ނުވަތަ ފްރޭންކްލޭންޑެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޕްރޮޓޯ-ޖަރމެނިކް ބަހެއް ކަމުގައިވާ ފްރޭންކޯން މި ބަހަކީ ފްރޭންކް މި ބަހުގެ އަޞްލެވެ. މިއީ ޖެވެލިން ނުވަތަ ލޮންސި މި މާނައިގައި ބޭނުންކުރެވޭ ބަހެއް ކަމަށް ޤަބޫލުކުރެވިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި “ދަ ތްރޯވިންގ އޭކްސް އޮފް ފްރޭންކްސް އަރ އޮލްސޯ ނޯވްން އޭޒް އަ ފްރާންސިސްކާ” އެވެ. ހަނގުރާމައިގައި ފްރޭންކުން އެއްލަން ބޭނުންކުރާ ކޯރާޑީއަށް ކިޔަނީ ވެސް ފްރާންސިސްކާއެވެ.
ފަރަންސޭސިވިލާތާއެކު ސީމާ ޙިއްޞާ ކުރާ ޤައުމުތަކަކީ، ގަޑީގެ ކަށިހިނގާ ބުރަށް އުތުރުން ފެށިގެން ބަލާއިރު، ބެލްޖިއަމާއި ލަގްޒެމްބާގާއި، ޖަރުމަނާއި ސްވިޒަރލޭންޑާއި، އިޓަލީ އާއި މޮނާކޯ އާއި އެންޑޯރާ އާއި ސްޕެއިނެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ ގުޅާލެވިފައިވަނީ ޗެނަލް ޓަނެލް އިންނެވެ. ފަރަންސޭސިވިލާތަކީ ޔޫރަޕިއަން ޔޫނިއަންއަށް ނިސްބަތްވާ ޤައުމުތަކުގެ ތެރޭގައި އޮތް، ބިމުގެ ގޮތުން ބަލާއިރު އެންމެ ބޮޑު ޤައުމެވެ. ޔޫރަޕަށް ބަލާއިރު ޔުކްރެއިން ފިޔަވައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ފަރަންސޭސިވިލާތުގެ ޓެރިޓަރީތަކާއި އޯވަސީސް އައިލެންޑްސްތަކާއެކު ބަލާއިރު ޔުކްރެއިނަށް ވުރެ ވެސް ފަރަންސޭސިވިިލާތުގެ އަކަމިން ބޮޑުވާނެއެވެ.
މިއަދު ފަރަންސޭސިވިލާތުގެ ގޮތުގައި އޮތް ޤައުމަކީ ޤަދީމީ އަލްގާލްގެ ބިމެވެ. ފުރަތަމަ ޤަރުނު މކ. ގައި ޖޫލިޔަސް ސީޒަރު ވަނީ ފަރަންސޭސިވިލާތުގެ ބިން ހިފައި އެއީ ރޯމަން އެމްޕަޔަރގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މި ހިސާބުން ފަރަންސޭސިވިލާތުގެ ރަށްވެހީންވަނީ ރޯމަން ސްޕީޗް ނުވަތަ ލެޓިން ބަސް އެމީހުންގެ ބަހެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. މިއީ ފަރަންސޭސި ބަސް އެބަހަކުން އުފެދިގެން އައި ބަސްކަމުގައި ވެސް ވެގެންދިޔައެވެ.
އާބާދީގައި 65 މިލިޔަން މީހުން ތިބި ފަރަންސޭސިވިލާތަކީ ދުނިޔޭގައި އާބާދީގެ ގޮތުން ބަލާއިރު 19 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ.
ފަރަންސޭސި ބަހަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އަދަބިއްޔާތުގެ އެންމެ މޮޅު އެއް ބަހެވެ. އެހެން ކަމުން ފަރަންސޭސި ސަގާފަތަށް ފަރަންސޭސި ބަހުގެ އަސަރުކޮށްފައިވާލެއް ވަރަށް ބޮޑެވެ. އެބައެއްގެ މާދަރީ ބަސް ދެކެ ފަޚުރުވެރިވުމަކީ ކިހައި މުހިއްމުކަމެއްކަން ދުނިޔެއަށް ދަސްކޮށްދިން އެއް ބަޔަކީ ފަރަންސޭސީންނެވެ. ތަރުޖަމާކުރުމާއި ބަހުގެ ދިރާސާތައް ކުރުމުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ބަޔަކީ ފަރަންސޭސީންނެވެ. ދުނިޔޭގެ ހުރިހާ ބަހެއްގައި ހިމެނޭ އަޑުތައް، އެ ބަހުގެ އަހުލުވެރިން އަދާކުރާ ގޮތަށް ލިޔުމަށްޓަކައި “އިންޓަނޭޝަނަލް ފޮނެޓިކް އަލްފަބެޓް” އުފެއްދުމުގެ މޭސްތިރިންނަކީ ވެސް ފަރަންސޭސީންނެވެ. މިއަދު ދުނިޔޭގެ އެހެން ބަސްބަހުގެ ގަވައިދާ ފިލިހަމަ އެ ބަހަކުން ލިޔެވި ޢިލްމީ ގޮތުން އެންމެ ބޮޑަށް ރައްކާތެރިކުރެވިފައިވާ ބަހަކީ ވެސް ފަރަންސޭސި ބަހެވެ. ދުނިޔޭގައި ފަންނާއި ދިރިއުޅުމުގެ ވައްޓަފާޅީގެ އެންމެ ރަނގަޅު ގޮތް ހޯދައި އެ ގޮތްތައް ތަޢުލީމުގެ ތެރޭގައި ހިމަނައިގެން ރަނގަޅު މުޖްތަމަޢެއް ބިނާކުރުމުގެ އެންމެ ބުރަ މަސައްކަތެއްކުރާ އެެއް ބަޔަކީ ވެސް ފަރަންސޭސީންނެވެ.
ދުނިޔޭގައި 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދެއް އޮތް ފަރަންސޭސިވިލާތުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 34205 ޑޮލަރެވެ.