ޙައްޖު

މަސްޖިދުލް ޙަރަމްގައި ޙައްޖުގެ މަރިވެރި އަޅުކަން އަދާކުރަނީ: 4.8 މިލިޔަން މީހުން ކައުބަތުﷲ ގެފުޅު ވަށައި ޠަވަފުކުރަމުން ގެންދޭ.

ޙައްޖަކީ ވަކި ދުވަސްވަރެއްގައި ކައުބަތުﷲ ގެފުޅަށް ގޮސް ވަކި ގޮތެއްގެ މަތިން ޚާއްސަ ކަންތައްތަކެއް އަޅުކަމެއްގެ ގޮތުގައި އަދާ ކުރުމެވެ. މިއީ އިސްލާމްކަމުގެ ފަސްވަނަ ރުކުނެވެ. ޙައްޖަކީ އަކީ އެކަމަށް ކެރި ކުޅަދާނަވެގެންވާ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާ ކުރުމަށް ފަރުޟު ކުރެވިގެންވާ އަޅުކަމެކެވެ.

ޙައްޖު ޝަރުޢުވުން

ސިލްސިލާ މަޒުމޫނުތަކުގެ ތެރެއިން

އިސްލާމް


ޢަޤީދާ

 • ތައުހީދް
މުޙައްމަދުގެފާނު • ރަސޫލުންނާއި ނަބީން

ރުކުންތައް

ޝަހާދަތް • ނަމާދު
ރޯދަ • ޒަކާތް • ޙައްޖު

އަސްލުތައް އަދި ޝަރީޢާ

ޤުރުއާން • ސުންނަތް • ޙަދީޘް
ފިޤުހު • ޝަރީޢާ • ކަލާމް • ތަޞައްވުފް

ތާރީޚް އަދި ލީޑަރުން

ޘަޤާފަތް އަދިމުޖުތަމަޢު

ކިޔެވުން • ހައިވާނުން • ފަންނުވެރިކަން
ކަލަންޑަރު • ކުޑަކުދިން
ޤައުމުތައް • ޢީދު
މިސްކިތް • ފަލްސަފާ
ޢުލޫމް • އަންހެނުން
ސިޔާސަތު • ދަޢުވާ

އިސްލާމި ނެރު
 v  d  e 

ޙައްޖު ފަރުޟުވީ އަހަރާއި ބެހޭ ގޮތުން ގިނަ ޢިލްމުވެރިން ޞައްޙަކުރައްވަނީ އެ އަޅުކަން ފަރުޟުވެފައިވަނީ ހިޖުރައިން 9 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުޢާނުގައި ވަޙީކުރައްާފައިވާ މިބަސް ފުޅެވެ. (ސޫރަތުލް ޢާލުޢިމްރާން:97) މާނައީ: "އަދި އެކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެމީހާ، އަޅުކަމެއް ކުރުމަށްޓަކައި ޤަޞްދުކޮށްގެން އެގެފުޅަށް ދިޔުމީ، މާތްﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ފަރުޟެކެވެ. އެކަމާއި މެދު އިންކާރުކޮށް ދެކޮޅު ހަދައިފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲ އީ، އެއްވެސް ފަރާތެއްގެ އަޅުކަމަށް އަދި އެއްވެސް މަޚުލޫޤަކަށް ބޭނުންވެ ވޮޑިގެން ނުވާ، އަމިއްލަ ޒާތުގައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ." މިއާޔަތް ބާވައިލައްވާފައިވަނީ ހިޖުރައިން ނުވަވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބަޔާންވެގެން ވެއެވެ.

އިސްލާމްދީނުގައި ޙައްޖުގެ މަޤާމް

ޙައްޖަކީ އިސްލާމްކަމުގެ ފަަސްވަނަ ރުކުނެވެ. މިއީ، އެކަމަށް ކުޅަދާނަ ވެގެންވަާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު ކުރުން ފަރުޟުވެގެންވާ އަޅުކަމެކެވެ. ކީރިތި ރަސޫލާގެ ޙަދީޠްފުޚެއްގެ މާނަައިގައިވެއެވެ. "އިސްލާމްދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ، ޝަހާދަތުގެ ދެކަލިމަ ކިޔުމާއި، ނަމާދު ޤާޢިމްކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ޙައްޖުވުމެވެ."

އިބްނު މާޖާ ރިވާ ކުރެއްވި ހަދީޠްފުޅެއްގެ މާނައިގައިވެއެވެ. "ހައްޖުވާން ބޭނުން މީހާ ފަހެ، ޙައްޖުވުން އަވަސް ކުރާށެވެ. އެހެނީ، އޭނާ ބައްޔެއް ވެދާނެއެވެ. އަދި ދަތުރުގެ ސަވާރީ ގެއްލިދާނެއެވެ."

ަޙައްޖަކީ، އޭގައި މުދަލުން ހޭދަކުރުމާއި، ހަށިގަނޑުން ﷲގެ މަގުގައި ބުރަތަކެއް އުފުލުން ހިމެނިފައިވާ އަޅުކަމެކެވެ.އެހެންކަމުން ޙައްޖަކީ އެހެން ހުރިހާ އަޅުކަމެއްގެ މާނަ ހިމެނޭ އަޅުކަމެއް ކަމުގައި ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ. މިގޮތުން ބަލާއިރު ޙައްޖަކީ ވަރަށް މާތް އަޅުކަމެކެވެ. އެހެންނަމަވެސް އެންމެ މާތް އަޅުކަމަކީ ނަމާދެވެ.

ޙައްޖުގެ މަނާސިކުތައް

ޙައްޖުގެ މަނާސިކުތަކަކީ، ޙައްޖަށް ދާމީހާ އެ އަޅުކަން ފުރިހަމަ ކުރުމުގެ ގޮތުން އަދާކުރަންޖެހޭ އެންމެހައި ކަންތައްތަކެވެ. ޙައްޖުގެ މަނާސިކުތަކަކީ:

1 މީޤާތުން އިޙުރާމް ބަނުން (މީޤާތަކީ އިޙުރާމް ބަންނަ ތަނާއި ވަޤުތެވެ.)

2 މައްކާއަށް ދިޔުމާއި އެކު ޠަވަފުލްޤުދޫމް ކުރުން. (ޙައްޖަށް ނުވަތަ ޢުމްރާއަށް ނިޔަތްގަނެގެން މައްކާ އަށް ގޮސް ފުރަތަމަ ކުރާ ޠަވާފް)

3 ސަޢުޔުކުރުން (ޞަފާއާއި މަރުވާގެ ދެމެދުގައި ހަތް ފަހަރު ހިނގުން)

މަސްޖިދުލް ޙަރަމްގައި ޙައްޖުގެ މަރިވެރި އަޅުކަން އަދާކުރަނީ: 4.8 މިލިޔަން މީހުން ކައުބަތުﷲ ގެފުޅު ވަށައި ޠަވަފުކުރަމުން ގެންދޭ.

4 ބޯ ބޭލުން ނުވަތަ ކުރުކޮށް ކޮށުން.

  • އަންހެނުން އިސްތަށިގަޑުން ކުޑަ އިސްތަށިކޮޅެއް ކަނޑާލުމުން ފުދޭނެއެވެ. ޢުމްރާ ނަމަ ޠަވާފް ކުރުމާއި ބޯބޭލުމުން ޢުމްރާގެ ކަންތައް ފުރިހަމަ ކުރެވުނީއެވެ.

5 ޙައްޖުމަހުގެ އަށްވަނަ ދުވަހު މިނާ އަށްގޮސް އެރޭ މިނާގައި ރޭކުރުން.

6 ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރުއެރުމުން މިނާ ދޫކޮށް ޢަރަފާތަށް ގޮސް އެދުވަހުގެ އިރުއޮއްސިއްޖެއުމަށް ދާންދެން ޢަރަފާތުގައި މަޑުކުރުން.

7 ޙައްޖުމަހުގެ 9 ވަނަ ދުވަހު އިރު އޮއްސުމުން މުޛްދަލިފާއަށް ދިޔުން.

8 ޙައްޖުމަހުގެ 10 ވަނަ ރޭ މުޛްދަލިފާގައި ރޭކުރުމަށްފަހު ދިހަވަނަ ދުވަހު އިރަށް ދޮންކުރުމަށްފަހު އިރުއެރުމުގެ ކުރިން މިނާ އަށް ދިޔުން.

9 ޙައްޖުމަހުގެ 10 ވަނަ ދުވަހު އިރު އެރުމުން ޖަމްރަތުލްޢަޤަބާ އަށް ވިދިވިދިގެން ހަތް ހިލަކޮޅު އެއްލުން.

10 ޙަދްޔު ކަތިލުމަށްފަހު ފިރިހެނުންގެ ބޯބޭލުން ނުވަތަ ކުރުކޮށް ކޮށުން. އަންހެނުންގެ އިސްތަށިގަނޑުން އަނގުލެއްގެ މިންވަރު ކަނޑާލުން.

11 މައްކާ އަށް ގޮސް ޠަވާފުލް އިފާޞާ ކުރުން.

12 ތަމައްތުޢުގެ މަގުން ޙައްޖު ވާނަމަ ޠަވާފުލްއިފާޟާ ކުރުމަށްފަހު ސަޢުޔުކުރުން.

13 ޙައްޖުމަހުގެ 11، 12، 13 މިތިން ދުވަހު މިނާގައި ރޭކުރުމާއި އެއިން ކޮންމެ ދުވަހަކު ޖަމްރާއަށް ހަތް ހިލަ އުކުން.

  • ދެދުވަހު ރޭކުރުމަށްފަހު މައްކާއަށް ދާން ބޭނުން މީހަކު މައްކާ އަށް ދިޔުމަކީ ހުއްދަ ކަމެކެވެ.

14 މަދީނާއަށް ގޮސް ރަސޫލާ (ސައްލަﷲ ޢަލައިހި ވަސައްލަމް) އަށް ޒިޔާރަތް ކުރުން.

15 ޠަވާފުލް ވަދާޢު ކުރުން.

ޙައްޖުގެ ޙިކްމަތް

ޙައްޖުގެ ފައިދާ

ޙައްޖުވެރިންގެ ޢަދަދު އަހަރުތަކުން

1996 - 1,080,465

1997 - 1,168,591

1998 - 1,718,186

2001 - 1,804,800

2006 - 1,557,447

2008 - 1,729,841

އިތުރު ފާލަންތައް

  1. 1.0 1.1 "Royal Embassy of Saudi Arabia". Archived from the original on 1241944428. Retrieved 1230158687.  Check date values in: |access-date=, |archive-date= (help)
  2. "Royal Embassy of Saudi Arabia". Archived from the original on 1104531083. Retrieved 1230158687.  Check date values in: |access-date=, |archive-date= (help)
  3. "Royal Embassy of Saudi Arabia". Archived from the original on 1148410648. Retrieved 1230158687.  Check date values in: |access-date=, |archive-date= (help)
  4. "Royal Embassy of Saudi Arabia". Archived from the original on 1159395189. Retrieved 1230158687.  Check date values in: |access-date=, |archive-date= (help)
  5. "Royal Embassy of Saudi Arabia". Archived from the original on 1229038954. Retrieved 1230158687.  Check date values in: |access-date=, |archive-date= (help)